އެމްއާރުއެމް އަށް ދޭން މިނިސްޓްރީއެއް އުފައްދާ ވާހަކަ އެ ޕާޓީން ދޮގުކޮށްފި

ހައުސިން މިނިސްޓަރު ކަމުން އައިމިނަތު އާތިފާ ޝަކޫރު އިސްތިއުފާ ދެއްވުމާއެކު އެ މިނިސްޓްރީ އުވާލުމުން، ބަދަލުގައި އެމްއާރުއެމް އަށް ދޭން މިނިސްޓްރީއެއް އުފައްދާ ވާހަކަ އެ ޕާޓީން ދޮގު ކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަބްދުލް އަލީމު ވިދާޅުވީ، އެމްއާރުއެމްއަށް ދޭން އިތުރު މިނިސްޓްރީއެއް އުފައްދާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އަދި އެފަދަ ވާހަކައެއް ބައެއް މީޑިއާތަކުން ފެނިވަޑައިގެންނެވި ކަމަށާއި، މިހާރުވެސް ކޯލިޝަން ބައިވެރިންނަށް ދޭން ހުރި އެތައް މަގާމެއް ނުދެވި ހުރި އިރު، މިނިސްޓަރު ކަމުގެ މަގާމުވެސް އެލިސްޓަށް ވަދެ ނުދެވޭ މަގާމަކަށް ވެފައި ވާކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ބައެއް މީޑިއާގައި، އެ ޕާޓީއަށް ދޭން އިތުރު މިނިސްޓްރީއެއް އުފައްދާ ވާހަކަ އަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވަނީ ޖެންޑާ މިނިސްޓްރީ ދެބައިކޮށް އެމްއާރުއެމްއަށް ދޭން އުޅޭ ކަމަށެވެ.

ހައުސިން މިނިސްޓަރަކަށް ހުންނެވި އާތިފާ މިއަދު އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލު ކޮށް ޕްލޭނިން މިނިސްޓްރީގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ބަދަލު ކުރައްވާފައެވެ. މިހާރު އެ މިނިސްޓްރީގެ ނަމަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!