ސަފާރީއެއް ފަރަކަށް އުރިއްޖެ

ސަފާރީއެއް ފަރަކަށް އުރިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)ގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ވ. އާރަށް ރިސޯޓް ފަރަށް އުރިފައިވަނީ “މޯލްޑިވްސް އެގްރެސްރޯ” ނަމަކަށް ކިޔާ ސަފާރީއެކެވެ. އެަދިސަފާރީ ފަރަށް އުރުނުއިރު އޭގައި 10 މީހަކު ތިބިކަމަށް ހާމަކޮށްފައިވެއެވެ.

“އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަނުން ހަރަކާތްތެރިވަނީ، މި މައުލޫމާތު ލިބިފައިވަނީ މިރޭ 11:30 ހާއިރު” އެމްއެންޑީއެފުން ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!