ނިކްގެ ދުވަސް ފަށަނީ ވަރަށް ރޮމެންޓިކް ކޮށް!

ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާއާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނި ކުރިފަހުން އެދެތަރިން ކުރާ ކޮންމެ ކަމަކަށް ފާރަވެރިވާ ފޭނުން އުޅެއެވެ. ހަމައެހެންމެ، އެ ފޭނުންނާ އެކަކު އަނެކަކުގެ ކަންކަން ހިއްސާ ކުރުމަށް ޕްރިޔަންކާ އާއި ނިކް ވެސް ތިބެނީ ތައްޔާރަށެވެ. އެގޮތުން ދާދިފަހުން ޕްރިޔަންކާ ދިން އިންޓަވިއުއެއްގައި ވަނީ ފިރިމީހާ ނިކް އާ ބެހޭގޮތުން އާ ވާހަކަތަކެއް ޙިއްސާކޮށްފައެވެ.

ޕްރިޔަންކާ ކިޔައިދިން ގޮތުގައި، ނިކް ހެނދުނު ހޭލާގޮތަށް އެންމެ ފުރަތަމަ ކުރަން ބޭނުންވާ ކަމަކީ ޕްރިޔަންކާގެ މޫނަށް ބަލަހައްޓައިގެން އޮތުމެވެ. އަދި ހޭލާގޮތަށް ބަލަހައްޓައިގެން އޮންނަ ގޮތުން ލަދު ގަންނަ ކަމަށާއި، ނަމަވެސް އެއީ ނިކް ލޯބިވާ ވަރު ދޭހަކޮށްދޭ ކަމެއް ކަން ޕްރިޔަންކާ ފާހަގަކުރިއެވެ. “ނިކް ބަލަން ފެއްޓީމަ އަހަރެން ބުނަން ތެދުވެގެން ގޮސް މަސްކަރާއާ މޮއިސްޗަރައިޒާ ހާކައިގެން އަންނާނަމޭ، އެކަމަކު އޭނަ ބޭނުންވާނީ ހަމަ އަހަރެން ނިދާ ހޭލާއިރު ހުންނަ ގޮތް ބަލަން”، މަޖާވެލާފައި ޕްރިޔަންކާ ކިޔައިދިނެވެ. ނަމަވެސް އެއީ މަޖަލަކަށް ބުނާ އެއްޗެއް ނޫންކަމަށާއި، ނިކް ހަމަ ޙަޤީޤަތުގައި ވެސް ކޮންމެދުވަހަކު އެގޮތަށް ކަންތައް ކުރާކަމަށް އެ އިންޓަވިއުގައި ޕްރިޔަންކާ ބުނެފައިވެއެވެ.

ޕްރިޔަންކާ ދެކޭގޮތުގައި، ނިކް ވަރުގެ “ރޮމެންޓިކް” ފިރިއެއް ލިބޭނީ ނަސީބުވެރި އަކަށެވެ. އަދި ނިކް އާ ކައިވެނި ކުރެވުނީތީ ޕްރިޔަންކާ ހުރީ ވަރަށް އުފަލުންނެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ، އެދެމީހުން ދިމާވެފައި މާ ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމުގެ ބަދަލުގައި އަވަހަށް ކައިވެނި ކޮށްފައިވާ ކަމެވެ.

ޕްރިޔަންކާ، 37، އާއި ނިކް، 27، އެންމެ ފުރަތަމަ ދިމާވީ 2017 ވަނަ އަހަރު އޮތް ވެނިޓީ ފެއާ އޮސްކާ ޕާޓީގެ ތެރެއިންނެވެ. އަދި މި ދެތަރިން ކައިވެނި ކޮށްފައިވަނީ ޖެހިގެން އައި އަހަރުގެ އޮގަސްޓު މަހުގައެވެ. ނަމަވެސް ދެމީހުންގެ އުމުރުގެ ފަރަގު ބޮޑުކަމުން، އެމީހުންނަށް ފާޑުކިޔާ މީހުން ގިނަކަން ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!