މަސް މާރުކޭޓާއި ލޯކަލް މާރުކޭޓްވެސް ހުޅުވަނީ

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކުރި ފުރަބަންދަށް އަންނަ ހޯމަ ދުވަހުން ފެށިގެން ދޭން ނިންމި ލުއިތަކާއެކު މާލޭގެ މާރުކޭޓްތައް ހުޅުވަން ނިންމައިފިއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ފުރަބަންދަށް ދޭން ނިންމާފައިވާ ލުއިތަކާއި ގުޅޭގޮތުން މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، މަސް މާރުކޭޓާއި ލޯކަލް މާރުކޭޓް ހުޅުވާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާ ގައިޑްލައިންތަކަށް ފެތޭގޮތަށް އެތަން ބަދަލު ކުރުމުން ކަމަށެވެ.

އަދި އެކަމުގައި ސިޓީ ކައުންސިލާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ޝައިނާ ވިދާޅުވިއެވެ.

“އޭގައި ބޮޑަށް ބަލާފައި ވާނީ މަސް މާރުކޭޓް އަދި ލޯކަލް މާރުކޭޓްތަކުގައި ހުންނަ ސާފްތާހިރުކަމުގެ މިންގަނޑުތަކާއި، ގައިދުރުކަން ގާއިމް ކުރެވޭނެ މިންގަނޑުތައް އެކުލަވާލުމުގެ ކަންތައްތަކާއި ނުވަތަ ބަލަން ޖެހޭނެ ކަންތައްތަކަށް”. ޝައިނާ ވިދާޅުވިއެެވެ.

މީގެ އިތުރުން ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތަކާއި ޓޫރިޒަމާއި މާލެ ސަރަހައްދުގެ މިސްކިތްތަކާއި ބައިނަލްއަގްވާމީ ދަތުރުތައް ކަމާ ބެހޭ އިދާރާއެއްގެ ލަފައާ އެއްގޮތަށް ހުޅުވައިލާނެ އެވެ. ޖިމްތަކާއި ކެފޭ/ރެސްޓޯރަންޓުތަކާއި ސެލޫން އާއި ސްޕާ ފަދަ ތަންތަން ވެސް ޖުލައި މަހު ހުޅުވަން މަސައްކަތް ކުރާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެންއީއޯސީން ބުނީ، ބޮޑެތި ލުއިތަކެއް ދޭން ނިންމުމާ ގުޅިގެން ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން މައުލޫމާތު ދޭނެ ކަމަށެވެ. އެކަމަކު، މިއިން ކޮންމެ ލުޔަކީ ވެސް ވަގުތާއި ހާލަތައް ބަލައި ބަދަލުވެދާނެ ކަމެއް ކަމަށް އެ އިދާރާ އިން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!