ރިސޯޓުތަކާއި، ރަށްރަށުގެ ގެސްޓްހައުސްތައް ވެސް ޖުލައި މަހު ހުޅުވަނީ

ރިސޯޓުތައް ޖުލައިގައި ހުޅުވާލަން ނިންމައި، ކޮވިޑް ނެތް ރަށްރަށުގައި ގެސްޓްހައުސްތައް ވެސް އެރަށްރަށަށް ހުޅުވައިލެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލެވި، ރިސޯޓުތައް ހުޅުވާލެވިގެންދާނެ ކަމަށެވެ.

“ޓޫރިޒަމްގެ ކަންކަމާއި އިންޓަނޭޝަނަލް އެއާޕޯޓް އަދި ޖަމާއަތުގެ ނަމާދުކުރުން ފަދަ ކަންކަން ހުޅުވާލެވިގެންދާނެ،” ޝައިނާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ބުނީ ޖުލައި މަހުން ފެށިގެން އެއްފަހަރާ މަގުމަތީގައި އުޅެވޭނީ 10 ގިނަވެގެން 10 މީހުންނަށެވެ. ޖޫން މަހު އެގޮތަށް އުޅުމުގެ ހުއްދަ އޮތީ ތިން މީހުންނަށެވެ.

އެންއީއޯސީން ބުނީ، ބޮޑެތި ލުއިތަކެއް ދޭން ނިންމުމާ ގުޅިގެން ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން މައުލޫމާތު ދޭނެ ކަމަށެވެ. އެކަމަކު، މިއިން ކޮންމެ ލުޔަކީ ވެސް ވަގުތާއި ހާލަތައް ބަލައި ބަދަލުވެދާނެ ކަމެއް ކަމަށް އެ އިދާރާ އިން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!