ޖިމްތަކާއި ސެލޫން އާއި ސްޕާ ޖުލައި މަހު ހުޅުވަނީ

ލޮކްޑައުންއަށް ލުއި ދިނުމުގެ ގޮތުން ޖިމްތަކާއި ސެލޫން އާއި ސްޕާ ފަދަ ތަންތަން ވެސް ޖުލައި މަހު ހުޅުވަން މަސައްކަތް ކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، ޖިމްތަކާއި ސެލޫން އާއި ސްޕާ ފަދަ ތަންތަން ވެސް ޖުލައި މަހު ހުޅުވަން މަސައްކަތް ކުރާކަމަށެވެ.

މީގެ އިތުރުން ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތަކާއި ޓޫރިޒަމާއި މާލެ ސަރަހައްދުގެ މިސްކިތްތަކާއި ބައިނަލްއަގްވާމީ ދަތުރުތައް ކަމާ ބެހޭ އިދާރާއެއްގެ ލަފައާ އެއްގޮތަށް ހުޅުވައިލާނެ އެވެ. 

އެޗްޕީއޭ އިން ބުނިގޮތުގައި، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ ދުވަހެއް އެ އިދާރާގެ މަޝްވަރާއާ އެކު، އިސްލާމިކް މިނިސްޓްރީން ފަހުން އިއުލާން ކުރާނެ އެވެ.

ހޯމަ ދުވަހުން ފެށިގެން ހޮސްޕިޓަލްތަކުގެ އޯޕީޑީ އާއި ޑައިގްނޯސްޓިކް އަދި ރޭޑިއޮލޮޖީގެ ޚިދުމަތް ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މީގެ ތެރޭގައި ކްލިނިކްތައް ވެސް ހިމެނެ އެވެ. އެކަމަކު، ޚިދުމަތް ދިނުމަށް ކަނޑައަޅާފައި ވަނީ މަދު ބަޔަކަށެވެ.

އެޗްޕީއޭ އިން ބުނީ ޖުލައި މަހުން ފެށިގެން އެއްފަހަރާ މަގުމަތީގައި އުޅެވޭނީ 10 ގިނަވެގެން 10 މީހުންނަށެވެ. ޖޫން މަހު އެގޮތަށް އުޅުމުގެ ހުއްދަ އޮތީ ތިން މީހުންނަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!