ފެން މީޓަރުގެ ރީޑިން ނަގަން ގޭގެއަށް ދާގޮތަށް ނިންމައިފި

މިއަދުން ފެށިގެން ފެން މީޓަރުތަކުން ރީޑިން ނަގަން އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ގޭގެއަށް ދާ ގޮތަށް ނިންމައިފިއެވެ.

ފެން ކުންފުނިން ބުނީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި އެ ކުންފުނީގެ ކަސްޓަމަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށަޓަކައި، ފާއިތުވި ދެ މަހުވެސް ބިލް ހަދާފައި ވަނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ލިބެމުން އައި މީޓަރުގެ ރީޑިން ފެންނ ފޮޓޯތަކަށް ކަމަށެވެ.

ނަމަވެސް، މީޓަރުގެ ފޮޓޯ ފޮނުވުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ހުރިކަން ފަހަގަވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެ ކުންފުނިން ބުނީ، މީޓަރުގެ ފޮޓޯއާއި ރީޑިން ފޮނުވާފައިނުވާ ގޭބިސީތަކަށް ރީޑިން ނެގުމަށް ކުރިންވެސް އަމަލުކުރިހެން ގޭގެއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ މޮނިޓަރިންގެ ހާލަތުގައި ހުރި ގެއެއް ނަމަ އެގޭބިސީތަކަށް ތައްޔާރު ކުރާނީ އެވްރެޖް ބިލެއް ކަމަށް ފެން ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ގޭގެއަށް ގޮސް މީޓާރުގެ ރީޑިން ނެގުމަށް ނިންމި ނަމަވެސް އޮންލައިންކޮށް ފޮޓޯ ފޮނުވައިގެން ބިލް ތައްޔާރު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!