ސްކޫލުތައް ހުޅުވާނީ ޖުލައި މަހު

ރާއްޖޭގެ ސްކޫލުތައް އެންމެ އަވަހަށް ވެސް ހުޅުވާނީ އަންނަ ޖުލައި މަހުގެ ތެރޭގައި ލޮކްޑައުންއަށް ދޭ ލުއިތަކާއެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިރޭ ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ދޭން ނިންމާފައިވާ ދެވަނަ ފިޔަވަހީގެ ލުއިތައް ވަނީ އިއުލާންކޮށްފަ އެވެ. 

އެޗްޕީއޭ އިން ބުނިގޮތުގައި، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ ދުވަހެއް އެ އިދާރާގެ މަޝްވަރާއާ އެކު، އިސްލާމިކް މިނިސްޓްރީން ފަހުން އިއުލާން ކުރާނެ އެވެ.

ހޯމަ ދުވަހުން ފެށިގެން ހޮސްޕިޓަލްތަކުގެ އޯޕީޑީ އާއި ޑައިގްނޯސްޓިކް އަދި ރޭޑިއޮލޮޖީގެ ޚިދުމަތް ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މީގެ ތެރޭގައި ކްލިނިކްތައް ވެސް ހިމެނެ އެވެ. އެކަމަކު، ޚިދުމަތް ދިނުމަށް ކަނޑައަޅާފައި ވަނީ މަދު ބަޔަކަށެވެ.

އެޗްޕީއޭ އިން ބުނީ، ހޯމަ ދުވަހުން ފެށިގެން ބޮޑު ލުޔެއް ދޭން ނިންމާފައިވާއިރު، ދުވުމާއި ކަސްރަތު ކުރުމަށް ދެވޭނީ ހަވީރު 6-9 އާ ދެމެދު ކަމަށެވެ. ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު 4-6 އަށެވެ. އެ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވައިލާނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި އުޅެވޭނީ ފަތިހު 5 ން ހެނދުނު 8 އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!