ފޮޓޯ: ގޫގުލް

ނިއު ނޯމަލްގެ ހާލަތުގައި ބޭރުގައި އެއްވެ އުޅެވޭނީ ގިނަވެގެން 10 މީހުންނަށް

ނިއު ނޯމަލްގެ ހާލަތުގައި ބޭރުގައި އެއްވެ އުޅުމަށް ގިނަވެގެން 10 މީހުންނަށް ތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ މައިޔަމް ޝައިނާ ވިދާޅުވީ ޖުލައި މަހުން ފެށިގެން 10 މީހުންނަށް ވުރެ ގިނައިން އާންމު ތަންތަނަށް އެއްވެ ނޫޅެވޭ ގޮތަށެވެ.

އެޗްޕީއޭ އިން ބުނީ، ހޯމަ ދުވަހުން ފެށިގެން ބޮޑު ލުޔެއް ދޭން ނިންމާފައިވާއިރު، ދުވުމާއި ކަސްރަތު ކުރުމަށް ދެވޭނީ ހަވީރު 6-9 އާ ދެމެދު ކަމަށެވެ. ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު 4-6 އަށެވެ. އެ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވައިލާނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި އުޅެވޭނީ ފަތިހު 5 ން ހެނދުނު 8 އަށެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި ފަތިހު 5 ން ރޭގަނޑު 10 ޖަހަންދެން އުޅެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައިއެވެ.

ޝައިނާ ވިދާޅުވީ އެކިކަންކަމަށް ތަފާތު ވަގުތުތައް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ދުވުމާއި ކަސްރަތު ކުރުމަށް ދެވޭނީ ހަވީރު 6-9 އާ ދެމެދުއެވެ. ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު 4-6 އަށެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި އުޅެވޭނީ ފަތިހު 5 ން ހެނދުނު 8 އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!