މާލޭ މިސްކިތްތައް ހުޅުވާނީ ޖުލައި މަހު

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް މިސްކިތްތައް ހުޅުވާނީ އަންނަ ޖުލައި މަހު ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މާލޭގެ ފުރަބަންދަށް ދޭނެ ލުއިތައް ހާމަކުރުމަށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ މައިޔަމް ޝައިނާ ވިދާޅުވީ ގައިޑްލައިންތަކާއި އެއްގޮތައް މިސްކިތްތައް ހުޅުވަން ހަމަޖެހިފައި ވަނީ ޖުލައި މަހު ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް، އިސްމާއިލް އަފްރާހް ވިދާޅުވީ ނިއު ނޯމަލް އަށް ލުއި ދިނުމުގެ ގޮތުން ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް ހެދުމަށް މަޝްވަރާ ކުރަމުން ދާ ކަމަށެވެ.

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މިއަދަށް ހަމަވެފައި ވާއިރު، މިހާރު ވަނީ އިތުރު ތިން ދުވަހަށް (މިމަހުގެ 15 ވަނަ ދުވަހަށް) ވަނީ އިތުރު ކޮށްފައެވެ. އާ އާންމު ހާލަތު ނުވަތަ ނިއު ނޯމަލް އަށް 15 ވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދޭނެ ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި މާލެ ސަރަހައްދުގެ ހުރިހާ މިސްކިތް ތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!