މާދަމާއިން ފެށިގެން ހުރިހާ ރީޓެއިލް ފިހާރަތައް ހުޅުވަނީ

މާދަމާއިން ފެށިގެން ހުރިހާ ރީޓެއިލް ފިހާރަތައް ހުއްދަތަކާއެކު ހުޅުވަން ނިންމައިފިއެވެ. މިގޮތަށް ފިހާރަތައް ހުޅުވޭނީ ނަގަންޖެހޭ ހުއްދަތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ މައިޔަމް ޝައިނާ ވިދާޅުވީ މާދަމާ އިން ފެށިގެން ހުރިހާ ރީޓެއިލް ފިހާރަތަކެއް ވެސް ހުޅުވުމުގެ ހުއްދަ ދޭނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މި ލުޔާއެކު، ފިހާރަތަކުން ވިޔަފާރި ކުރެވޭނީ ހެނދުނު 9 ން ރޭގަނޑު 9 އަށެވެ. ރޭގަނޑު 11 ޖެހުމާ ހަމައަށް ކެފޭ/ރެސްޓޯރަންޓުތަކުން ޑެލިވަރީ/ޓޭކްއަވޭގެ ޚިދުމަތް ލިބޭނެ އެވެ.

ރޭގަނޑު 10 ގެ ފަހުން ޑެލިވަރީ ކުރެވޭނީ މިހާރު ވެސް އެކަމަށް ދޫކޮށްފައިވާ ހުއްދަ ބޭނުންކޮށްގެންނެވެ.

އެޗްޕީއޭ އިން ބުނީ، ހޯމަ ދުވަހުން ފެށިގެން ބޮޑު ލުޔެއް ދޭން ނިންމާފައިވާއިރު، އެ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވައިލާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!