އިޖުތިމާއީ ގައިދުރުކަމާއެކު ކެފޭ/ރެސްޓޯރަންޓް ހުޅުވަނީ

ލޮކްޑައުން އަށް ލުއި ދިނުމުގެ ގޮތުން އާ އާންމު ހާލަތުގައި ކެފޭ އަދި ރެސްޓޯރެންޓްތަކާއި ޓޭކް އަވޭގެ ހިދުމަތް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއެކު ހުޅުވާލެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި އެޗްޕީއޭ އިން ބުނީ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ފިހާރަތަައް ވެސް އިކޮނޮމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާ އެކު ހޯމަ ދުވަހުން ފެށިގެން ހުޅުވޭނެ އެވެ. އެކަމަކު، ކެފޭ/ރެސްޓޯރަންޓުތަކުގައި ދެވޭނީ ޓޭކްއަވޭ/ޑެލިވަރީގެ ޚިދުމަތް އެކަންޏެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މި ލުޔާއެކު، ފިހާރަތަކުން ވިޔަފާރި ކުރެވޭނީ ހެނދުނު 9 ން ރޭގަނޑު 9 އަށެވެ. ރޭގަނޑު 11 ޖެހުމާ ހަމައަށް ކެފޭ/ރެސްޓޯރަންޓުތަކުން ޑެލިވަރީ/ޓޭކްއަވޭގެ ޚިދުމަތް ލިބޭނެ އެވެ.

ރޭގަނޑު 10 ގެ ފަހުން ޑެލިވަރީ ކުރެވޭނީ މިހާރު ވެސް އެކަމަށް ދޫކޮށްފައިވާ ހުއްދަ ބޭނުންކޮށްގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!