ނިއުނޯމަލް: ކުޑަކުދިންނަށް ހަވީރު ގަޑީ ބޭރަށް ނިކުމެވޭނެ

ނިއު ނޯމަލްގެ ދަށުން އަންނަ ހޯމަ ދުވަހުން ފެށިގެން ކުޑަކުދިންނަށް ހަވީރު ގަޑީ ބޭރަށް ނިކުމެވޭނެ ހުއްދަ ދީފިއެވެ.

މިކަން އިއުލާން ކުރެއްވީ އެންއީއޯސީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ އާމިނަތު ޝައިނާ އަބްދުﷲ އެވެ. އޭނާ ވިދާޅުވީ ކުޑަކުދިންނަށް ބޭރަށް ނިކުމެގެން އުޅެވޭނީ ހަވީރު 4:00 އިން 6:00 އަށް ބޮޑު މީހަކާއެކު ކަމަށެވެ.

ޝައިނާ ވިދާޅުވީ އެކިކަންކަމަށް ތަފާތު ވަގުތުތައް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ދުވުމާއި ކަސްރަތު ކުރުމަށް ދެވޭނީ ހަވީރު 6-9 އާ ދެމެދުއެވެ. ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު 4-6 އަށެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި އުޅެވޭނީ ފަތިހު 5 ން ހެނދުނު 8 އަށެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި މާލެ ސަރަހައްދުގައި ބޭރުގައި އުޅެވޭނެ ކަން އެޗްޕީއޭ އިން ވަނީ އިއުލާން ކޮށްފައެވެ. އެއީ ފަތިހު 5 ން ރޭގަނޑު 10 ޖަހަންދެނެވެ.

އޭގެ ފަހުން ބޭރުތެރޭގައި އުޅެވޭނީ ހުއްދަ ލިބިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!