ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރަށް ނިކުމެވޭ ގޮތައް މާލެ ހުޅުވާލަނީ

ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރަށް ނިކުމެވޭ ގޮތައް މާލެ ހުޅުވާލާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެއީ ފަތިހު 5 ން ރޭގަނޑު 10 ޖަހަންދެނެވެ. އޭގެ ފަހުން ބޭރުތެރޭގައި އުޅެވޭނީ ހުއްދަ ލިބިގެންނެވެ.

ޝައިނާ ވިދާޅުވީ އެކިކަންކަމަށް ތަފާތު ވަގުތުތައް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ދުވުމާއި ކަސްރަތު ކުރުމަށް ދެވޭނީ ހަވީރު 6-9 އާ ދެމެދުއެވެ. ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު 4-6 އަށެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި އުޅެވޭނީ ފަތިހު 5 ން ހެނދުނު 8 އަށެވެ.

މީގެ އިތުރުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ފިހާރަތަައް ވެސް އިކޮނޮމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާ އެކު ހޯމަ ދުވަހުން ފެށިގެން ހުޅުވޭނެ އެވެ.

އެކަމަކު، ކެފޭ/ރެސްޓޯރަންޓުތަކުގައި ދެވޭނީ ޓޭކްއަވޭ/ޑެލިވަރީގެ ޚިދުމަތް އެކަންޏެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!