ފޮޓޯ: މިހާރު

އިތުރު 32 މީހަކު ބަލިން ރަނގަޅުވެއްޖެ

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން އިތުރު 32 މީހަކު ރަނގަޅު ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެެޖހެންސީ (އެޗްޕީއޭއިން) ބުނީ ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑުން ރަނގަޅުވި މީހުންގެ ޖުމްލަ 32 އަށް އަރާފައިވާއިރު ރާއްްޖެއިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 1153 އަށް އަރާފައިވާ ކަމަށެވެ.

ކޮވިޑް ޖެހި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ ޖުމްލަ 8 އަށް އަރާފައެވެ. 4 ދިވެހިންނާއި 4 ބިދޭސީންނެވެ. އެއީ 38 އަހަރުގެ ބަންގްލަދޭޝް މީހާ އާއި 54 އަހަރުގެ ބަންގްލަދޭޝް މީހަކާއި 45 އަހަރޔފެ ބަންގަލަދޭޝް ފިރިހެނެކާއި 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިވަގުތު ކަރަންޓީންގައި ތިބީ 306 މީހުންނެވެ. އަދި އައިސޮލޭޝަންގައި ތިބީ 789މީހުނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!