އެސްޓީއޯ ސްޕަމާޓުން މިހާރު އީ-ސްޓޯރ މެދުވެރިކޮށް ވިޔަފާރި ކުރެވޭ

“އީ-ސްޓޯރ” މެދުވެރިކޮށް އެސްޓީއޯ ސްޕަމާޓުން ވިޔަފާރިކުރުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލައިފިއެވެ.

“އީ-ސްޓޯރއެމްވީ”އިން ތަކެތި ގަތުމުގެ ފުރުސަތު އާއްމުންނަށް އަލުން ހުޅުވާލާފައިވާއިރު ވިޔަފާރި ކުރުމުގައި ފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ތަކެތި ބޭނުންވާ ކެޓަގަރީތައް ހިޔާރު ކުރުމުގެ ފުރުސަތާއި، ގަންނަން ބޭނުންވާ އެއްޗެއްގެ އެންމެ އަގު ހެޔޮކޮށް ލިބެން ހުރި ބުރޭންޑްތައް ފަސޭހައިން ބަލާލެވެއެވެ. އަދި އެސްޓީއޯ ސްޕަރމާޓުން ލިބޭ 213 ޕްރޮޑަކްޓެއް އީ-ސްޓޯރއިން ގަތުމުގެ ފުރުސަތު ލިބެއެވެ.

ލޮކްޑައުންގެ ހަފްތާއެއްކުރިން އެސްޓީއޯއިން ފެށި އީސްޓޯރގެ ޚިދުމަތަށް ލޮކްޑައުން ފެށުމާއެކު ވަރަށް ބޮޑަށް ބާރުބޮޑުވެގެން ދިޔައެވެ. އެގޮތުން ލޮކްޑައުންގެ ފުރަތަމަ ދުވަހުން ފެށިގެން އެތައް ހާސް އޯޑަރެއް އީސްޓޯރއަށް އަންނައިރު، އެހުރިހާ އޯޑަރަކަށް އެސްޓީއޯއިން ވަނީ މުދާ ފޯރުކޮށްދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!