އިތުރު ތިން ދުވަހަށް މާލެ ފުރަބަންދުކޮށްފި

މާލެ ސަރަހައްދު ފުރަބަންދު ކޮށްފައި އޮތް މުއްދަތު ތިން ދުވަހަށް އިތުރު ކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނެރުއްވި އަމުރެއްގައި ވަނީ މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މާލެ ފުރަބަންދު ކޮށްފައިވާ ކަމަށެވެ.

އަދި މިދިޔަ މަހުގެ 28 ވަނަ ދުވަހު މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ދީފައިވާ ލުއިތަކާ ގުޅިގެން، ކޮވިޑް-19 ފެތުރުމުގެ ހާލަތަށް އައިސްފައިވާ ބަދަލަށް ރިއާޔަތްކޮށް، އަންނަ ހޯމަ ދުވަހުން ފެށިގެން ލުއިތައް ދިނުމަށް ރާވާފައިވާ ކަމަށެވެ. އެހެންވެ، މިއީ މިހާރު ދީފައިވާ ލުއިތަކަށް ވުރެ އިތުރު ލުއިތަކެއް ކަން އެ އެންގުމުން އެނގެ އެވެ.

ހޯމަ ދުވަހުން ފެށިގެން އިތުރު ލުއިތައް ދިނުމަށްޓަކައި، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މިހާރުގެ ލޮކްޑައުންގެ ހާލަތު ދަންމާފައިވާ ކަމަށް މައިނޫނާގެ އެންގުމުން އެގެއެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފުރަބަންދުގެ މުއްދަތު އިތުރުކުރުމާއެކު ތިރީގައިވާ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.

އޭގެތެރޭގައި ހިމެނެނީ:
• ޟަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކުރެވޭ ހުއްދަތައް ދިނުން އިތުރުކުރުން
• ޢުމުރުން 60 އަހަރުން މަތީގެ މީހުންނަށް (އެހީތެރިޔަކު ބޭނުންވާނަމަ އެ މީހަކާއެކު) ހުއްދަލިބިގެން، ފަތިހު 5:00 އާއި ހެނދުނު 8:00 އާ ދެމެދު 3 ގަޑިއިރަކަށް ގެއިން ބޭރަށް ނުކުމެއުޅުން
• މީހުން، އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން
• މާލެއާއި ތިލަފުށްޓާ ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަދިނުން އިތުރުކުރުން
• ހުއްދަ ލިބިގެން ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަކަށް ދިޔުމާއި، އެމީހުން ދިރިއުޅޭ ތަނަށް އެނބުރި އައުން
• މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅައި އާންމުކުރާ އުސޫލެއްގެ ދަށުން ފިހާރަތަކާއި އަމިއްލަ އޮފީސްތައް ހުޅުވުން
• ކޮންސްޓްރަކްޝަން މަސައްކަތްތައް، މާލޭ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން، އެފަރާތްތަކުގެ ހުއްދަ ލިބިގެން ކުރިޔަށް ގެންދިއުން
• ބޭންކުން ކަނޑައަޅާ އުސޫލުގެ ދަށުން ބޭންކުތަކުން ދެވޭ ޚިދުމަތްތައް އިތުރުކުރުން
• ޞިއްޙީ ޚިދުމަތާއި އެހެނިހެން އާންމު ޚިދުމަތްތައް ދިނުން އިތުރުކުރުން

ލޮކްޑައުންއަށް ލުއި ދީފައި ވަނީ ބަލި އެންމެ ބޮޑަށް ފެތުރޭނެ ކަމަށް ލަފާކުރެވުނު މުއްދަތު ފަހަނައަޅާގޮސް، ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މަދުވުމާއި ގުޅިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!