މިދިޔަ މަހު ދައުލަތަށް ލިބުނީ 206 މިލިއަން

މިދިޔަ މެއި މަހު މީރާއަށް ލިބުނު ފައިސާގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. އެކި ގޮތްގޮތުން މިދިޔަ މަހު މީރާއަށް ލިބިފައި ވަނީ އެންމެ 206.28 މިލިއަން ރުފިޔާއެވެ.

މީރާ އިން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 206.28 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 81 ޕަސެންޓުގެ ދަށްވުމެކެވެ.

މީރާ އިން ބުނީ، މި ދަށްވުމަކީ ކޮވިޑް-19 އާ ހެދި މާލެ ސިޓީ ފުރަބަންދުކޮށްފައި އޮތުމާއި އިގްތިސާދީ ހިނަ މަސައްކަތްތައް ހުއްޓި، އަދި އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު ފަތުރުވެރިން އައުން ހުއްޓި، މީރާ ހުޅުވެން ދެން ޓެކްސް ދެއްކުން ފަސްކުރުމާއި ގުޅިގެން ދަށްވި ދަށްވުމެއް ކަމަށެވެ.

މީރާ އަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީއެވެ. އެއީ 55.0 އިންސައްތަ އެވެ. އެއީ ފައިސާގެ ގޮތުން ބަލާނަމަ 113.5 މިލިއަން ރުފިޔާއެވެ.

ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު ޖީއެސްޓީގެ ގޮތުގައި 666 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި ދެވަނަ އަށް އެންމެ ގިނައިން ލިބިފައިވަނީ އިންކަމް ޓެކްސް އިންނެވެ. އިންކަމް ޓެކުހުގެ ގޮތުގައި މިދިޔަ މަހު ލިބުނީ 19 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 115 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ މަހު އިންކަމް ޓެކްސް އިން 115 މިލިއަން ރުފިޔާ ލިބުނު ކަމަށް ހިމަނާފައިވަނީ އިންކަމް ޓެކްސް ގާނޫނުގެ ދަށުން ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި ވިތު ހޯލްޑިން ޓެކްސް ހިމެނިފައިވާތީ އެވެ. މިދިޔަ މަހު ދައުލަތުގެ އާމްދަނީގެ ޖުމްލަ އާމްދަނީގެ 9.7 ޕަސެންޓް އިންކަމް ޓެކްސް ހިއްސާ ކޮށްފައިވެ އެވެ.

އިގްތިސޯދު ހީނަރުވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ދަށްވެފައިވާއިރު، މީރާއަށް ބަލައިގަންނަ އާމްދަނީ އިތުރަށް ހީނަރުވެފައިވަނީ ސަރުކާރު ބަންދުކޮށްފައިވުމެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!