ހެވަތަ ޕްރޮގްރާމަށް ދިރާގު ނައުއެމްވީ މެދުވެރިކޮށް އެހީވުމުގެ ފުރުސަތު

ދިރާގުން ތަރައްޤީކޮށްފައިވާ “ނައުއެމްވީ” އެޕްލިކޭޝަން މެދުވެރިކޮށް “ހެވަތަ” ޕްރޮގްރާމަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

“ހެވަތަ” ޕްރޮގްރާމަކީ ދިރިއުޅުމުގެ ޙާލަތު ދައްވެ، ފުދުންތެރިކަން ކުޑަވެފައިވާ ޢާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ. އެހީ ޖަމިއްޔާއިން މަޢުލޫމާތުދޭގޮތުގައި “ހެވަތަ” އިން އެހީވާ ޢާއިލާތަކަކީ ލިބޭ އާމްދަނީއިން ޟުރޫރީ ބޭނުންތަށް ފުއްދާނުލެވޭ، ނުވަތަ އެފަދަ ބޭނުންތައް ފުއްދޭވަރުވާނަމަ، އޭގެ އިތުރުން ކުއްލިއަކަށް ކުރިމަތިވާ އެއްވެސް ކަމެއްގައި ހޭދައެއް ކުރެވޭވަރު ނުވާ ޢާއިލާތަކެވެ.

މި ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެހީ ޖަމިއްޔާގެ ހޮޓްލައިން ނަންބަރު 7803433 ނުވަތަ ހެވަތަ ހޮޓްލައިން ނަންބަރު 9133433 މެދުވެރިކޮށް މަޢުލޫމާތު ލިބޭނެއެވެ.

“ހެވަތަ” ޕްރޮގްރާމްގެ ދަށުން ވަނީ 20 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!