ބަނޑަށް ކުދިން މަރުވާ މައްސަލަތައް ދަނީ ގާތުން ބަލަމުން: ސަރުކާރު

ފާއިތުވި ދެމަސްތެރޭގައި ބަނޑަށް ދަރިފުޅު މަރުވެފައިވާ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އެކަންތަށްތަށް ގާތުން ބަލަމުންދާކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވެފައިވަނީ މިކަންކަން ރެގިއުލޭޓުކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށެވެ.

ސަރުކާރުން މިކަންކަން ތަހުޤީޤު ކުރަމުންދާނީ  ޔުނިސެފް އަދި ޑަބްލިއު އެޗް އޯގެ ސަމާލުކަމަށް މިކަންކަށް ގެނައުމަށް ސިޔާސީ ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ވޭތުވެދިޔަ 2މަސްދުވަސްތެރޭގައި ވިހެއުމުގެތެރޭގަޔާއި ބަނޑަށް މަރުވެފައިވާ 5 މައްސަލައެއް ފާހަގަކުރެވިފައިވެއެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާރ ޖެނެރަލް ނަޔާޒު އަހުމަދުވަނީ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ބަޔަކީ މާބަނޑު މީހުންކަން ފާހަޤަކޮއްފައެވެ. އަދި އެމީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާކަން ފާހަގަކުރައްވާ އެމީހުންނަށް ދިމާވެފައިވާ އެންމެ ބޮޑުދަތިކަން ކަމަށްވާ ސްކޭން ހެދުމަށް ލުއިތަކެއް ހޯދާފައިވާކަމަށް ބުނުންވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!