މާލެ ފިޔަވައި ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފި!

އަންނަ ހޯމަ ދުވަހުން ފެށިގެން، މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައިި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިސްކިތްތައް ހުޅުވައިލަން މިހާރު ހުއްދަ ނުދީ އޮތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން މޮނިޓަރިން އަށް ލާފައިވާ މާލެ އާއި ކުރިން މޮނިޓަރިންއަށް ލުމަށް ފަހު އެކަން އުވައިލިތާ 14 ދުވަސް ހަމަނުވާ ނުވާ ދެ ރަށެއްގަ އެވެ. އެ ދެ ރަށަކީ ށ. ނަރުދޫ އާއި ނ. މަނަދޫއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މޮނިޓަރިން އުވާލި މުއްދަތު ހަމަވުމުން، އަންނަ ހޮނިހިރު ދުވަހު ނަރުދޫގައި ޖަމާއަތުގައި ނަމާދުކުރަން ފަށާއިރު އަންނަ ހޯމަ ދުވަހުން ފެށިގެން މަނަދޫ ގައި ވެސް ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށްށެވެ.

ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، މާލެއާ އެކު ހަތް ރަށެއް ފިޔަވައި އެހެން ރަށްތަކުގެ މިސްކިތްތަކުގައި ނަމާދުކުރުމުގެ ހުއްދަ ދޭން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

މާލެ ފިޔަވައި ހުރިހާ ރަށެއް ވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތުން ނަގައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!