މާލެ ސިޓީގެ އަޑިގުޑަން ވެފައިވާ ހުރިހާ މަގެއް މަރާމާތު ކުރަނީ

މާލެ ސިޓީގެ އަޑިގުޑަން ވެފައިވާ ހުރިހާ މަގެއްގައި އަލުން ގައު އަތުރާ މާރާމާތު ކުރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މީގެ ހަތަރު ދުވަސް ކުރިން އަޑިގުޑަން ވެފައިވާ މަގުތަކުގެ ގައު އަތުރާ މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތް ކުރަނީ ސިޓީ ކައުންސިލްގެ މުވައްޒަފުން ކަމަށް ކައުންސިލުން ބުނެއެވެ.

އަޑިގުޑަން ވެފައި ހުރި މަގުތަކުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައިވާއިރު، މާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ވެސް ވަނީ އަލުން ފަށާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!