މެލޭޝިއާ ގެ ރައްޔިތުން މި އަހަރު ހައްޖަށް ދިއުން އެ ގައުމުގެ ސަރުކާރުން މަނާ ކޮށްފި

މެލޭޝިއާ ގެ ރައްޔިތުން މި އަހަރު ހައްޖަށް ދިއުން އެ ގައުމުގެ ސަރުކާރުން މަނާ ކޮށްފިއެވެ. 

މެލޭޝިއާއިން މިގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 ފެތުރެމުންދާތީއެވެ.

ސައުދި އަރަބިއްޔާއިން އުމްރާ ގެ އަޅުކަން އަދާ ކުރުން މެދު ކަނޑާލާފައިވާއިރު، ހައްޖުގެ އަޅުކަން ބޭއްވުމާއި މެދު އަދި އެ ގައުމުން ގޮތެއް ނުނިންމައެވެ.

ކޮންމެ އަހަރަކު ހައްޖު މޫސުމުގައި މެލޭޝިއާ ގެ ދިހަ ހާހަށް ވުރެ ގިނަ ރައްޔިތުން ހައްޖަށް ދެއެވެ. މިއަހަރު ނުދެވުނު ކަމުގައި ވިޔަސް މެލޭޝިއާ ގެ ހައްޖު ކޯޓާ އިންނަ ގޮތުން މިއަހަރު ދާން ބޭނުން ބޭނުން ވި މީހުނަށް ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ހައްޖަށް ދެވޭނެއެވެ.

މެލޭޝިއާ ގެ ރިލީޖިއަސް އެފެއާސް މިނިސްޓަރު ވިދާޅުވީ ގޮތުގައި ސަރުކާރުން އެ ފިޔަވަޅު އަޅާފައިވަނީ މިހާތަނަށް އެއްވެސް ވެކްސިން ހޯދިފައި ނުވުމާއެކު ކޮވިޑް19 އިން ރައްޔިތުން ރައްކާތެރިކުރުމަށެވެ.

އޭނާ ވަނީ ރައްޔިތުން މިހާލަތުގައި ކެއްތެރިވުމަށް ވެސް އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!