އާތިފާގެ އިސްތިއުފާއަކީ ގައުމަށް ލިބުނު ގެއްލުމެއް: މައުމޫން

މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އާތިފާ ޝަކޫރު އެ މަގާމުން އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބިގެން ދިޔަ ގެއްލުމެއް ކަމަށް އެމްއާރްއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ވިދާޅުވީ އާތިފާއަކީ ހިތްވަރު ގަދަކަމާއި އިހުލާސްތެރިކަމުގެ ނަމޫނާއެއް ކަމަށާއި އެކަމަނާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވީ ތެދުވެރިކަމާއެކުގައި ކަމަށެވެ. އަދި އާތިފާގެ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވި އެވެ.

އެމްއާރްއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި އާތިފާ އެމަގާމުން އިސްތިއުފާ ދެއްވީ އެކަމަނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުންނެވެ.

އާތިފާ އިސްތިއުފާ ދެއްވުމުން ރައީސް ސޯލިހު މިއަދު ވަނީ ހައުސިން މިނިސްޓްރީ އުވާލައްވާފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!