2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަލްހާން ވާދަކުރައްވަނީ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަލްހާން ފަހުމީ ވާދަކުރައްވަން ނިންމައިފި އެވެ.

އަލްހާން ފަހުމީ މީގެ ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވަން ވެސް ނިންމެވި އެވެ. ނަމަވެސް ފަހުން ވަނީ އެ ނިންމެވުން އަނބުރާ ގެންދަވާފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ނާކާމިޔާބުވެފަ އެވެ. އަދި އެއަށް ފަހު މާލޭ މޭޔަރު ކަމަށް ވަނީ ކުރިމަތިލައިފަ އެވެ.

އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ. އެ ޓުވީޓާއެކު އޭނާ ޓުވީޓު ކުރި ރީންދޫ ކުލައިގެ ފޮޓޯގައި “ނިއު އެމްޑީޕީ” ވަނީ ލިޔެފަ އެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވާދަކުރަން އަޅުގަނޑު ނިންމައިފިން!”. އަލްހާންް ކުރެއްވި ޓްވީޓުގައި ވެއެވެ.

އަލްހާން އަކީ ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އެމްޑީޕީގެ ނާއިބު ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ. ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ޑީއާރްޕީންނެވެ. އޭގެފަހުން އޭނާ ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައިވެސް މަސައްކަތް ކުރައްވާފައެވެ.

އެންމެފަހުން އޭނާ ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!