މާލެ ސިޓީ ކައުންސިލުން އިންޑަސްޓްރިއަލް ވިލެޖާ ހަވާލުވެ ސާފު ކުރަނީ

މާލެ ސިޓީ ކައުންސިލުން އިންޑަސްޓްރިއަލް ވިލެޖާ ހަވާލުވެ، އެތަން ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މާލެ ސިޓީގެ އިންޑަސްޓްރިއަލް ޒޯނުގައި ކުނި ގިނަވެ ވަރަށް ގިނަ ރެއްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އިއްޔެ ޕްލޭނިން މިނިސްޓްރީން އެ ސަރަހައްދު ކައުންސިލާ ހަވާލު ކުރުމުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ގުޅިގެން ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަން މިހާރު ނިންމާފައިވާ ކަމަށެވެ.

އެ ސަރަހައްދު މިހާރުވަނީ ވަރަށް ބޮޑަށް ކުނި ޖަމާވެ ގޮނޑުވެފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!