މިނިސްޓަރު އާތިފާގެ ހިދުމަތަށް ރައީސް ސޯލިހު ޝުކުރު އަދާކުރައްވައިފި

ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓްގެ މިނިސްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ހުށަހެޅުއްވި އައިމިނަތު އާތިފާގެ އިސްތިއުފާ ގަބޫލުފުޅުކުރައްވައި، އޭނާ ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

އާމިނަތު ޢާޠިފާ މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުން އިސްތިޢުފާ ދެއްވީ އެކަމަނާގެ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން އެމަގާމުގެ ވާޖިބު އަދާކުރެއްވުމަށް ޢުޒުރުވެވަޑައިގަންނަވާތީއެވެ.

އެކަމަނާގެ ޞިއްޙީ ހާލުކޮޅު ރަނގަޅުވަމުންނުދާތީ އެކަމުގެ މަޢުލޫމާތުވެސް އެކަމަނާ ގެންދެވީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!