ފަޒުލްގެ ގަރާރު ބޭރެއް ނުކުރޭ: މަޖިލިސް އިދާރާ

ފުލިދޫ ރައްޔިތުންގެ ހައްގުގައި ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން އެދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި ކަމަށް ބުނެ ޕީޕީއެމްއިން ހެދީ ދޮގުކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.

މަޖިލީހުން ބުނީ ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން ފެލިދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރު ނުކުރާ ކަމަށާއި އެ ގާރާރު މަޖިލީހުގައި އޮތް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ ފަޒުލް އެ ގަރާރު މަޖިލީހަށް ހުށަހެޅީ މިއަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ. އަދި މަޖިލީހުން އޭގެ ހަތަރު މަސް ފަހުން އެ ގަރާރު ކުއްލި އަކަށް އެޖެންޑާކޮށް މަޖިލީހުގެ ގަވާއިދާއި ހިލާފަށް އެ މައްސަލަ ބޭރު ކޮށްލާފައިވާ ކަމަށެވެ. އެކަމުން ވެސް ފެނިގެން ދިޔައީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ “ހުދުމުހުތާރުކަން” ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި ނަޝީދުގެ ހިތުގައި ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ އިހުތިރާމެއް ނެތްކަން ވެސް ހާމަވެއްޖެ ކަމަށް ބަޔާނުގައިވެއެވެ.

ފަޒުލް ހުށަހެޅުއްވި ރަށްގިރުމުގެ މައްސަލަ މިދިޔަ ހޯމަ ދުވަހަަށް ތާވަލްކޮށްފައި އޮތް ނަމަވެސް އެނާ އެ ދުވަހު ހާޒިރުވެފައި ނުވާތީ އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު ވިދާޅުވީ ގަރާރު ހުށަހަޅުއްވާ މެމްބަރު ޖަލްސާގައި ނެތް ނަމަވެސް، ބައެއް ފަހަރު އެ ޕާޓީގެ އެހެން މެމްބަރަކު ގަރާރު ހުށަހަޅުއްވައިގެން މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!