ހޯރަފުށީ އެއަރޕޯޓް ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ: އެމް.ޓީ.ސީ.ސީ

ހއ. ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން ބުނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްގެ 83 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި ސެޕްޓެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި މިހާރު ކުރިއަށް އޮތީ ތާރު އެޅުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުންޏެވެ.

މި ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8635 މީޓަރުގެ އޭރިއާއެއްގައި އޭޕްރަން އާއި ޓެކްސީވޭއެއް ތަރައްގީ ކުރާނެ އެވެ.

ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 30 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ. އެގޮތުން 842 ހާސް ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކާފައެވެ. މީގެ އިތުރުން 1120 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!