ފެނަކައިގެ ބިލްތައް އެޕް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

ފެނަކަ ބިލް-ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ބިލްތަކަށް ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިންތިޒާމް ހަމަޖެހިއްޖެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

“ފެނަކަ ބިލްޕޭ” އެޕް މެދުވެރިކޮށް ބިލްގެ ހިސްޓްރީ ބެލުމާއި، އަދި ފަސޭހަކަމާއި އެކު އޮންލައިންކޮށް ބިލަށް ފައިސާ ދެއްކޭނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މި އެޕްލިކޭޝަން މިވަގުތު ބޭނުންކުރެވޭނީ އެންޑްރޮއިޑް ފޯނުތަކަށް އެކަންޏެވެ. ނަމަވެސް ކުރިއަށްއޮތް 2 ހަފްތާއެއްހާ ދުވަހުގެތެރޭގައި އައިއޯއެސް ފޯންތަކަށްވެސް އެޕް ތައާރަފްކުރާނެކަމަށް ފެނަކައިން ބުނެއެވެ.


މިވަގުތު އޮންލައިންކޮށް ބިލް ދެއްކޭނީ ބީ.އެމް.އެލްގެ ކަސްޓަމަރުންނަށް ނަމަވެސް އެހެން ބޭންކްތަކުގެ ޚިދުމަތްތައް ބޭނުންކުރާ މީހުންނަށްވެސް ފެނަކަ ބިލްޕޭ އެޕްލިކޭޝަނުން ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށެވެ.

ކޯވިޑް19 އާއި ގުޅިގެން ސަރުކާރުން އަދި ކުންފުނިތަކުން އަންނަނީ އޮންލައިންކޮށް ވީހާވެސް ގިނަ ޚިދުމަތްތަކެއް ދިނުމަށް ބާރުއަޅަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!