ޒަކާތު ފަންޑުން 15 މިލިއަން ރުފިޔާ ކޮވިޑް19ގެ މަސައްކަތްތަކަށް އެހީވުމަށް

ނުރައްކާތެރި ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށާއި ޙަރަދުތަކަށް އެހީވުމަށް ޒަކާތު ފަންޑުން 15 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒާހިރު މިކަން ހާމަކުރެއްވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޒަކާތު ފަންޑުން 12 މިލިއަނާއި 15 މިލިއަނާއި ދެމެދުގެ އަދަދެއް ހަރަދުކުރުމަށް ޒަކާތު ކޮމިޓިން ކަނޑައަޅާފައިވާކަމަށާއި ހާލަތައް ރިޢާޔަތްކޮށް ހަރަދުކުރަންޖެހޭ ދާއިރާތަށް ބެލުމަށްފަހު އެ ފައިސާ އެކަމާއިބެހޭ އިދާރާތަކަށް ދެމުން ގެންދާނެކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިހާރުވެސް ވަގުތީގޮތުން ހާލުގައި ޖެހޭ ފަރާތްތަކަށް ޒަކާތުގެ ފައިސާއިން ބޮޑު އަދަދެއް ހަރަދުކުރަމުން އަންނަކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޒަކާތް ދޭންޖެހޭ ލިސްޓާއި ޒަކާތު ފަންޑުން އެކި ކަންތައްތަކަށް ހަރަދުކުރާ ފައިސާއަކީ ތަފާތު ދޭއްޗެއްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!