ފޮޓޯ؛ ގޫގުލް

ސިއްހީ ނިޒާމު ރަނގަޅުނުކޮށް ދައުލަތަކުން ކުރަންޖެހޭނެ އެހެން މުހިންމު ކަމެއް އޮވެގެން ނުވާނެ: އަލީ ހުސެއިން

ސިއްހީ ނިޒާމު ރަނގަޅުނުކޮށް ދައުލަތަކުން ކުރަންޖެހޭނެ އެހެން މުހިންމު ކަމެއް އޮވެގެން ނުވާނެ ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.

ލޮކްޑައުންގެ މުައްދަތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މާބަނޑު އަންހެނުން ޑޮކްޓަރަށް ދެއްކުމާއި ސްކޭން ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި މިހާތަނަށް އައިއިރު މާބަނޑު ފަސް މީހުންގެ ބަނޑަށް ދަރިފުޅު މަރުވެފައިވާއިރު ބާރަށުގައި ރޭގަ ވަނީ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވެފައެވެ.

 އަލީ ހުސެއިން ވިދާޅުވީ ސަލާމަތް ކުރެވޭނެ އެތައް ފުރާނައެއް ގެއްލިދަނީ އަތޮޅު ހޮސްޕިޓަލްގައި ސްކޭނެއްގެ މިންވަރު ވެސް ހަދާލެވެން ނުހުންނާތީ ކަމަށެވެ. އަދި ސިއްހީ ނިޒާމު ރަނގަޅު ނުކޮށް، ދައުލަތަކުން ކުރަން ޖެހޭނެ އެހެން ވަކި މުހިންމު ކަމެއް އޮވެގެން ނުވާނެ ކަމަށް ވެސް އަލީ ހުސެއިން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!