ކަނޑޫދޫ ގޮނޑުދޮށުން އިންސާނެއްގެ މިނިކަށިތަކެއް ފެނިއްޖެ

ތ. ކަނޑޫދޫ ދެކުނު ފަރާތު ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކަނޑޫދޫ ގޮނޑުދޮށަށް މިނި ކަށިތަކެއް ލައްގާފައިވާ ކަމަށާއި މިއަދު މެންދުރު އެ ރަށު ކައުންސިލުން އެކަން ފުލުހަށް ހުށަހަޅާފައިވާތީ އެކަން ބަލަމުން ގެންދާ ކަމަށެވެ.

އެ ސަރަހައްދުން ކަށިގަނޑުތައް ފެނުނު ތަނުގައި ބޮލުގެ ކަށިގަނޑާއި ހަށިގަނޑުގެ އިތުރު ކަށިތަކެއް ބިމުން މަތީގައި ފެންނަން ހުއްޓެވެ. އެ ސަރަހައްދު ކޮނެފިނަމަ އިތުރު ކަށިތައް ފެނުން އެކަށީގެންވާ ކަމަށް މައުލޫމާތު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!