ބާނާ މަހުގެ ބޮޑުމިން ބަލައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެއްގެ ދަށުން މަސްވެރިން ބާނާ މަހުގެ ދިގުމިނުގެ ހިސާބު ނަގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މިއީ ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ.

ކަނޑުމަސްވެރިކަމުގައި ބާނާ މަހުގެ މަޢުލޫމާތު ނެގުމަށް ހަމަޖެހިފައި ވަނީ ޅ. ފެލިވަރު އަދި ކޫއްޑޫއަށް ކިރުވަން ގެންނަ މަހުންނެވެ. އެގޮތުން ފެލިވަރާއި ކޫއްޑޫ އިން ކޮންމެ ރަށަކަށް ދެމީހުން މިވަޒީފާއަށް ބޭނުންވާކަމުގައި އިއުލާނުގައި ވެއެވެ.

އެމީހުން ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި ފެލިވަރާއި ކޫއްޑޫގެ މަސްގަންނަ ބަނދަރަށް ލަފާ ދޯނިތަކުގެ ތެރެއިން، ދުވާލަކު 2 ދޯންޏަކުން ގެންނަ މަހުގެ %20 މަހުގެ ދިގުމިން ނަގަންޖެހެ އެވެ. މި މަސައްކަތް ހަފްތާއަކު 5 ދުވަހު ކުރަންޖެހެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!