ބައެއް އާންމު ތަކެތިން ވެސް ޑިއުޓީ ކަނޑާލަން ހުށަހަޅައިފި

އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ތަކެތިން ޑިއުޓާ ކަނޑާލާ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވިސާމް ހުށަހަޅުއްވާފައިވާ ބިލުގައި އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަކެތީގެ ތެރެއިން ޑޮމެސްޓިކް ދޮންނަ މެޝިނާއި، ފެން ފިލްޓާ ކުރުމަށް ބޭނުންކުރާ ގެވެހި ސާމާނާއި، އިންވާޓާ އެއާ ކޯންޑިޝަނާ ފަދަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ވަނީ ހިމަނާފައިވެ އެވެ.

މީގއިތުރުން މަސްވެރިކަން ކުރުމަށާއި އޮޑިދޯނި ފަހަރާއި ބޯޓު ބަނުމަށް ބޭނުން ކުރާ ތަކެތީންނާއި، ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ ތެރޭގައި ހިމެނޭ ދަގަނޑުގެ ބާވަތްތައް، ޓިނު، ތިނބި އަދި ދިޔަދޮވިން، ތަށިމުށި، ލަކުޑި ފަދަ ތަކެއްޗާއި އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ވަނީ ހިމަނާފައިއެވެ. އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވުމަށް ބޭނުން ކުރާ ތަކެތިން ވެސް ޑިއުޓީ ކަނޑާލަން ބިލުގައި ހިމަނާފައިވެ އެވެ.

އާންމުކޮށް ބޭނުންކުރާ ބައެއް ތަކެތިން ޑިއުޓީ ކަނޑަން ހުށަހަޅާފައިވާއިރު، ބައެއް ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރަން ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!