ދިރާގުގެ ވާޗުއަލް އެނުއަލް ޖެނެރަލް މީޓިން ފަށައިފި

ދިރާގުގެ ފުރަތަމަ ވާޗުއަލް އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް) މިއަދު 11:15 ގައި ފަށައިފި އެވެ.

ދިރާގުން ކޮންމެ އަހަރަކު އެ ކުންފުނީގެ ހިއްސާދާރުންނާއި އެކު ބާއްވަމުން އަންނަ އޭޖީއެމް ކޮވިޑް-19 އާ ގުޅިގެން މި އަހަރު ބާއްވަނީ ބޯޑު މެންބަރުންނާއި އާއްމު ހިއްސާދާރުން ގޭގައި ތިގެން ވާޗުއަލް ޒަރިއްޔާއިންނެވެ. މިއީ ދިރާގުގެ ދިގު ތާރީހުގައި އޮންލައިން މެދުވެރިކޮށް މިގޮތަށް އޭޖީއެމް ބާއްވާ ފުރަތަމަ ފަހަރެވެ.

މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވޯޓު ދިނުން ކުރިއަށްދާނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ “ފަހިވޯޓު” މެދުވެރިކޮށް އޮންލައިން ޖެނެރަލް މީޓިން މެނޭޖްމެންޓް ސިސްޓަމް މެދުވެރިކޮށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!