ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ އިހްތިރާމެއް ނަޝީދުގެ ނެތް

ރައްޔިތުން މަޖިލިހުގެ ފެލިދޫ ދާއިރާ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ރައްޔިތުން މަޖިލިހަށް ހުށަހަޅުއްވާފައިވާ ޤަރާރު މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބޭރުކޮށްލުމުން ރައީސް މުހައްމަދު ނަޝީދުގެ ހިތްޕުޅުގައި ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ އިހްތިރާމެއް ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. 

ފުލިދޫ ރަށް ގިރަމުންދާ މައްސަލަ މަޖިލީހާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އެ ކޯލިޝަންގެ ފަރާތުން ފަޒުލް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވަނީ މިދަޔ ފެބްރުއަރީ މަސްތެރޭގައި އެވެ. އަދި އެ ގަރާރު މަޖިލީހުގެ ޖަލްސާއަކަށް ކުއްލި ގޮތަކަށް އެޖެންޑާ ކުރުމަށްފަހު މަޖިލީހުގެ ގަވާއިދާ ހިލާފަށް އެ ގަރާރު މަޖިޅީހުގެ ތަޅުމުން ބޭރުކޮށްލާފައިވާ އެދުވަހުގެ ޖަލްސާއަށް މެންބަރު ފަޒުލް ވަޑައިނުގަންނަވާ ކަމުގައި ވިދާޅުވެއެވެ. 

އިދިކޮޅު އިއްތިޙާދުން ނެރެފައިވާ ބަޔާނުގައި ފާހަގަކުރި ގޮތުގައި މަޖިލިހަށް ޤަރާރެއް ހުށަހެޅުއްވި މެންބަރު އެޤަރާރު ހުށަހެޅުމަށް ތާވަލުކުރެވުނު ވަގުތުގައި މަޖިލިސް ތަޅުމުގައި އިންނެވުން މަޖިލިސް ޤަވާޢިދު ލާޒިމުނުކުރާ ކަމުގައެވެ. އަދި މަޖިލިހަށް ފަޒުލް ވަޑައިނުގަތީ އިދިކޮޅު ކޯލިޝަނުން މަޖިލިސް ބޮއިކޮޓުކުރުމަށް ނިންމުމުގެ ސަބަބުން ކަމުގައިވެސް އެކޯލިޝަނުން ފާހަގަކޮށްފައިވެއެވެ. 

މަޖިލީހުގެ ރައީސް ގަވާއިދާ ހިލާފަށް އެ ގަރާރު ތަޅުމުން ބޭރުކޮށްލުމަކީ ރައްޔިތުންނާމެދު އެ މަނިކުފާނުގެ ހިތްޕުޅުގައި އެއްވެސް މިންވަރެއްގެ އިހްތިރާމެއްނެތް ކަން ހާމަވެގެނދާ ހެއްކެއް ކަމަށް އިދިކޮޅުން ބުނެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!