ފޮޓޯ: ޓްވިޓާ

ހަ ބުރީގެ މާވެޔޮ މިސްކިތް ނިންމައި، ސަރުކާރާ ހަވާލުކޮށްފި

ކުރީގެ މާވެޔޮ މިސްކިތް ނުވަތަ ބަހާއުއްދީން މިސްކިތް ތަޅާލައި އަލަށް އިމާރާތްކުރި ހަ ބުރީގެ މިސްކިތް ފުރިހަމަ ކުރުމަށްފަހު ސަރުކާރާ ހަވާލުކޮށްފި އެވެ.

މާވެޔޮ މިސްކިތް ތަޅާލުމަށްފަހު އަލުން އިމާރާތްކޮށްފައިވަނީ 1،800 މީހުންނަށްވުރެ ގިނަ މީހުންގެ ޖާގަ ހިމެނޭ ގޮތަށް ހަ ބުރިއަށެވެ.

އަދި މިސްކިތް އަޅައިދިނީ ރާއްޖޭގެ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެ އަމިއްލަ ހަރަދުގައެވެ. ކުރިން ދެ ބުރި ހިމެނޭ ގޮތަށް 400 މީހުންގެ ޖާގަ އޮތް މިސްކިތް، އަލުން ޖަނާ އަޅައި ދެއްވީ 50 މިލިއަން ދިވެހި ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!