އުމުރުން ދުވަސް ވީ އަންހެނަކު ހޯމް ކަރަންޓީނަށް ފޮނުވާލި އިރު ތައްޔާރުވާން ވަގުތު ނުލިބުނު

ލަންކާއިން ރާއްޖެ އައި އުމުރުން ދުވަސް ވީ ދިވެހި އަންހެނަކު ހޯމް ކަރަންޓީނަށް ތިމަރަފުއްޓަށް ފޮނުވާލި އިރު އެކަމަށް ތައްޔާރުވާން ވަގުތު ނުލިބުނު ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ރޭ މާލެ އައި އެ އަންހެން މީހާ ރަށަށް ފޮނުވާލީ ގޭގައި ކަރަންޓީނު ވުމަށެވެ. އެކަމަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ގޭގައި ކަރަންޓީނުވުމުގެ ކުރިން، ގޭގެ ހާލަތު ރަނގަޅަށް މޮނީޓާކޮށް، އެއީ އެކަމަށް އެންމެ އެކަށީގެންވާ ތަނެއްތޯ ބަލަން ޖެހެ އެވެ.

އަންހެން މީހާގެ އާއިލާގެ މީހަކު މިއަދު ހާމަ ކުރި ގޮތުގައި ދައްތަ ރަށަށް ފޮނުވާލާކަން އެމްއެންޑީއެފުން އެންގީ ރޭ އަށެއް ޖަހަން އުޅެނިކޮށެވެ. ދެ ގަޑިއިރު ފަހުން ދައްތަ ރަށަށް ގެންނަކަން އެންގިއިރު، އެކަށީގެންވާ ތަނެއް ތައްޔާރުކުރެވިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އަންހެން މީހާ ތިމަރަފުށީގައި ދިރިއުޅެނީ އޭނާގެ ދުވަސްވީ ފިރިމީހާއާ އެކުގައި އެކަންޏެވެ. އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން އުމުރުން ދުވަސް ވީ މީހަކު ދިރިއުޅޭތަނެއްގައި ކަރަންޓީނެއް ނުކުރެވޭނެ އެވެ. އަދި 24 ދުވަހު ގެއިން ބޭރަށް ނުނިކުމެވޭއިރު އޭނާ ބަލަން ވެސް މީހަކު ހުންނަން ޖެހެ އެވެ.

ދައްތަގެ އެންމެ ދަރިއެއް ފިޔަވައި ހުރިހާ ކުދިން އުޅޭނީ މާލޭގައި. ރަށުގައި އުޅޭ ދަރިފުޅު އެހެން ގެއެއްގައި އުޅޭއިރު އޭނާގެ އަންހެނުން އިނީ ވިހަންވެފައި. އެގޭގެ ކަންކަން ކުރާކަށް ވެސް އިތުރު މީހަކު ނޫޅޭނެކަމަށް އާއިލާގެ މީހަކު ބުންޏެވެ. އަދި އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން ކިހިނެއްތޯ ކެއާ ޓޭކާއެއް ވެސް ހޯދާނީ ކިހިނެއް ތޯ ވެސް އެމީހާ ބުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!