އެއްގަމު އުޅަނދުގެ ސްޕެއާގެ ޑިއުޓީ ކުޑަ ކުރަން ހުށަހަޅައިފި

އެއްގަމު އުޅަނދު ފަހަރުގެ ބައެއް ސްޕެއާ އާއި އެއާ ގުޅުން ހުރި ސާމާނުން ޑިއުޓީ ކުޑަ ކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.

ރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި ވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗިހީގެ އެތެރެހަމާއި ބޭރު ހަމުން، ގޮނޑި އާއި ގޮނޑި ފަހަން ބޭނުން ކުރާ ސާމާނު ބައިތަކުން 50 ޕަސެންޓް ޑިއުޓީ ނެގުމަށެވެ. މިހާރު ނަގަމުން އަންނަނީ 100 ޕަސެންޓްގެ ޑިއުޓީއެވެ.

މީގެ އިތުރުން ކާރާއި ޖީޕާއި ވޭން ފަދަ ތަކެތީގެ ތެރެއިން ބޭނުން ނުކޮށް ހުންނަ ތަކެތިން ނަގާ ޑިއުޓީ ކަނޑާލަން ވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް ބޭނުން ކޮށްފައި ހުންނަ ތަކެތިން ނަގާ ޑިއުޓީ 300 ޕަސެންޓަށް ބޮޑު ކުރާނެ އެވެ.

އިތުރަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެ ނުކުރެވޭ ގޮތަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނަން ވެސް ވަނީ ހުށަހަޅާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!