ފޮޓޯ: ސަން

ކުރިއެކޭ އެގޮތަށް އިތުރު ގަޑީގެ ފައިސާ ދޭން ނިންމައިފި

ސަރުކާރު މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ކުރިން ގެނައި އިސްލާހު ބާތިލުކޮށް، ކުރިއެކޭ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ ދައުލަތުގެ އޮފީސްތަކުން އިތުރު ގަޑީގެ ފައިސާ ދިނުމުގައި ތަފާތު ގޮތްގޮތަށް އަމަލުކުރަމުން ދާތީ އެކަމަށް އޮފީސްތަކުން ކުރާ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުންދާ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މާލިއްޔަތަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާއިރު ހަރަދުތައް ކުޑަކުރަން މަޖުބޫރުވެފައިވާ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި ވެ އެވެ. ސާކިއުލާގައިވާ ގޮތުން މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުވަތަ އޯވަޓައިމް (އޯޓީ) ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުންނެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އެ ސާކިއުލާ ބާތިލު ކޮށްފަ އެވެ.

ސާކިއުލާގައިވާ ގޮތުން މިހާރު އިތުރު ގަޑި ނުވަތަ އޯޓީ ފައިސާ ދޭނީ ކުރިން ވެސް ދެމުން އައި ގޮތަށް އިތުރު ގަޑީގެ ބޭރުން މަސައްކަތް ކުރުމުންނެވެ.

“އެހެންކަމުން މެއި 16، 2020 ގެ ސާކިއުލާގައި ދައުލަތުގެ މުވައްޒަފުންގެ އިތުރު ގަޑިއާ ބެހޭގޮތުން އެ ސާކިއުލާގެ ހަ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރުން ބާތިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މި ބަދަލާ ގުޅިގެން މެއި 20، 2020 ގެ ސާކިއުލާއަށް ވެސް އަމަލުކުރަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ،” ސާކިއުލާގައި ވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!