އެންމެފަހުން ކޮރޯނާ ވައިރަހަށް އަޅުކަންކުރަން ފަށައިފި

އިތު، ހަނދު، ގަސް، އެކި ބައްޓަމަށް ފަރުމާކޮށްފައި ހުންނަ ހިލަގަނޑު، ގެރިބަކަރި ފަދަ ޖަނަވާރާއި މަޝްޙޫރު މީހުންނަށް އަޅުކަން ކޮށް އުޅުމަކީ އިންޑިއާގައި އާންމުކަމެކެވެ.

އިންޑިއާ ބަޔަކު މިހާރު ވަނީ އެތައް ބަޔަކު އެބަލީގެ ޝިކާރައަކަށްވެ އެބަލީގައި އެތައް ބައެއް މަރުވި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19އަށް އަޅުކަން ކުރަން ފަށާފައެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުން ބައެއް މީހުން ކޮރޯނާވައިރަސް އަށް އަޅުކަން ކުރަން ފެށީ މި ބަލިމަޑުކަމުގައި މީހުން ސަލާމަތްކުރުމުގައި ޑޮކްޓަރުން ފެއިލްވެ، ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދުމުގައި ސައިންސްވެރިން ފެއިލް ވެފައިވާތީއެވެ.

އެހެންކަމުން މަރުން ސަލާމަތްވުމަށް މި މީހުން ދަނީ އަޅުކަން ކުރުމުގެ އިތުރަށް ވައިރަސް ރަމްޒުކޮށްދޭ އެއްޗިސް ހަދައި އެ އެއޗިއްސަށް ކާބޯތަކެތި ވެސް ހަދިޔާ ކުރަމުންނެވެ.

އެމީހުން ވަނީ މި ވައިރަސް އަކީ ކަލާނގެއެއް ކަމަށް ބުނެ އަޅުކަން ކުރުމަށްޓަކައި ވައިރަސް އަށް ޚާއްސަ ނަމެއްގެ ގޮތުގައި “ކޮރޯނާ މާއީ” ވެސް ދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!