ރާއްޖޭގައި ތިބި ލަންކާ ރައްޔިތުންނަށް ލަންކާ ސަރުކާރުން ކާބޯތަކެތި ފޮނުވައިފި

ރާއްޖޭގައި ތާށިވެފައި ތިބި ސްރީލަންކާގެ ރައްޔިތުންނަށް 10،000 ކިލޯގެ ކާބޯތަކެތި ލަންކާ ސަރުކާރުން ފޯރުކޮށްދީފި އެވެ.

ލަންކާގެ ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، މި މަހުގެ ހަތް ވަނަ ދުވަހު ލަންކާއިން ރާއްޖެ އައި ސްރިލަންކަން އެއާލައިންގެ ކާގޯ ފްލައިޓެއްގައި ރާއްޖޭގައި ތިބި ލަންކާގެ ރައްޔިތުންނަށް ކާބޯތަކެތި ފޮނުވައިފައިވާ ކަމަށެވެ. އެތަކެތީގެ ތެރޭގައި، އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތީގެ އިތުރުން މި ދަނޑިވަޅަށް ބޭނުންވާ ބޭހުގެ ސާމާނުތައް ހިމެނޭނެ ކަމަށެވެ.

ލަންކާ ރައްޔިތުންނަށް ހަދިޔާކުރި ތަކެތި ބަހާނީ ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައި ކޮމިޝަނުންނެވެ.

އެ ގައުމުގެ ފޮރިން މިނިސްޓްރިން ވަނީ މީގެ ކުރިން ބުނެފައި ވަނީ ރާއްޖޭގައި, އެނބުރި ސްރީލަންކާ އަށް އަންނަ ބޭނުންވާ 7000 މީހަކު އެބަތިބި ކަމަށާއި އޭގެ ތެރެއިން 2000 މީހުންނަކީ މާލެ ސަރަހައްދު ގައި ދިރިއުޅެމުންދާ މީހުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!