ޖުލައި މަހުން ފެށިގެން ރާއްޖެ އަންނަ ފަތުރު ވެރިންނަށް އިތުރު ފީ އެއްވެސް ކަރަންޓީނު ކުރުމެއްވެސް ނެތް

ޖުލައި މަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާ އިރު، ފަތުރުވެރިންނަށް އިތުރު އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި އެއްވެސް ފަތުރުވެރިއަކު ކަރަންޓީނު ނުކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ހާމަ ކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓު ތަކުން ޝާއިރު ކުރި ވީޑިއޯގައި ބުނާ ގޮތުން، ހުރިހާ ފަތުރުވެރިންނަށްވެސް އޮން އަރައިވަލް ވިސާ ލިބިގެން ދިއުމާއެކު އެއްވެސް އިތުރު ފީއެއް، ޚަރަދެއްވެސް ނޯންނާނެއެވެ.

އެ ވީޑިއޯގައި އިތުރަށް ހާމަ ކޮށްފައިވާ ގޮތުގައި ރާއްޖެ އަންނަ އެއްވެސް ފަތުރުވެރިޔަކު ކަރަންޓީނު ކުރުމެއް ވެސް ނޯންނާނެއެވެ. މީގެ އިތުރުން، ރާއްޖެއިން ކުރިއަށް ވުރެ ރަނގަޅު ޗުއްޓީ ޕެކޭޖުތައްވެސް ލިބިގެން ދާނެ ކަމަށް ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!