ކަރަންޓް މީޓަރުގެ ފޮޓޯ ދެން ފޮނުވަންޖެހޭނީ ބައެއް ގޭބީސީތަކުން

ޖޫންމަހުގެ ކަރަންޓް ބިލު ހެދުމަށް ރީޑިން ނަގާނީ ކުރިއެކޭއެއްގޮތަށް ސްޓެލްކޯގެ މުވައްޒަފުން ގޭގެއަށް ގޮސްގެންކަމަށް އެކުންފުނިން ވިދާޅުވެއްޖެވެ.

ސްޓެލްކޯއިން ޚިދުމަތްދޭ މާލެ އާއި އަދި އަތޮޅުތަކުގެ ހުރިހާ ރަށެއްގައިވެސް ވޭތުވެދިޔަ ދެމަހު ކަރަންޓް ބިލް ތައްޔާރުކޮށްފައި ވަނީ އެ ކުންފުނީގެ އެންގުމަށް މީޓަރު ބޯޑުގެ ފޮޓޯ ޕޯޓަލްއަށް ފޮނުވައިގެންނެވެ. މިގޮތަށް ގޭގެއަށް ގޮސް ރީޑިންގ ނުނެގުމަށް ނިންމީ، ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމާއި، އަދި ރައްޔިތުންގެ ރައްކާތެރިކަމަށްބަލައި ބޭރަށް ނިކުމެ އުޅޭ މިންވަރު ވީހާވެސް މަދުކުރުމަށްޓަކައެވެ.

ފޮޓޯ ނުފޮނުވާ ގެތަކުގެ ބިލް ތައްޔާރުކޮށްފައި ވާނީ، ވޭތުވެދިޔަ މަސްތަކުގައި އެވްރެޖްކޮށް ކަރަންޓު ބޭނުންކުރި މިންވަރަށް ބަލައިގެންނެވެ.
ސްޓެލްކޯއިން ވިދާޅުވެފައި ވަނީ މިގޮތަށް ވެބް ޕޯޓަލް މެދުވެރިކޮށް މީޓަރު ފޮޓޯ ފޮނުވުމުގައި ގިނަ ބަޔަކަށް ދަތިތައް ދިމާވާކަން ފާހަގަވެފައި ވާކަމަށެވެ. އަދި ގިނަ ގެތަކެއްގެ މީޓަރު ފޮޓޯ ލިބިފައި ނުވާތީ ބިލް ފޮނުވާފައި ވަނީ ކުރީގެ މަސްތަކުގެ ކަރަންޓު ބިލްތަކަށް ބަލައި އެވަރެޖް ބިލެއް ހަދައިގެންނެވެ. މިކަމަށް ލުޔެއް ދިނުމަށް މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް، ކުންފުނީގެ މުވައްޒަފުން ގޭގެއަށް ގޮސް ބިލްގެ ރީޑިންގ ނަގާގޮތަށް ހަަމަޖައްސާފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!