ވޭޕް އާއި އޭގެ ފްލޭވާއިން 200 ޕަސެންޓް ޑިއުޓީ ނަގަނީ

ވޭޕް އާއި އޭގެ ފްލޭވާއިން 200 ޕަސެންޓް ޑިއުޓީ ނަގަން އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ. މި އިސްލާހު ފާސް ވެއްޖެ ނަމަ މިހާރު 650 ރުފިޔާއަށް ލިބޭ ވޭޕެއް ދެން ގަންނަން ލިބޭނީ 1950 ރުފިޔާއަށެވެ. އޭގެ ތެރެއިން 1300 ރުފިޔާ އަކީ ސަރުކާރަށް ޑިއުޓީގެ ގޮތުގައި ދައްކަން ޖެހޭނެ ފައިސާއެވެ. އަދި މިހާރު 300 ރުފިޔާއަށް ލިބޭ ފްލެވާއެއް ދެން ގަންނަން ލިބޭނީ 900 ރުފިޔާއަށެވެ. އޭގެ ތެރެއިން 600 ރުފިޔާ އަކީ ޑިއުޓީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭނެ ފައިސާއެވެ.

އާންމުކޮށް ބޭނުންކުރާ ބައެއް ތަކެތިން ޑިއުޓީ ކަނޑަން ހުށަހަޅާފައިވާއިރު، ބައެއް ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރަން ވެސް އެ އިސްލާހުގައި ހިމަނާފައިވެއެވެ.

އިމްޕޯޓު ޑިއުޓީއަށް އަދި ކަސްޓަމްސް ޑިއުޓީއަށް ގެންނަ ބަދަލުތަކާއެކު 558.2 މިލިއަން ރުފިޔާގެ އާމްދަނީ އިތުރުވާނެ ކަމަށް ކުރިން ވަނީ އަންދާޒާކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!