ފޮޓޯ: ފޭސްބުކް

ތިނަދޫގެ ގެއަކުން ސިހުރު ހަދާފައިވާކަމަށް ބެލެވޭ މަހެއް ފެނިއްޖެ

ގދ. ތިނަދޫ ގެއަކުން ސިހުރު ހަދާފައި ވާކަމަށް ބެލެވޭ މަހެއް މިއަދު ފެނިއްޖެ އެވެ.

އެ މަސް ފެނިފައިވަނީ އެރަށުގެ ގެއެއްގައި ވަޅުލާފައި އޮއްވައި ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވިއެވެ. ނަމަވެސް އެއީ ޙަޤީޤަތުގައި ވެސް ސިރުހު ހަދާފައިވާ މަހެއްތޯ ،ނުވަތަ ބަޔަކު މަޖަލަކަށް ކޮށްފައިވާ ކަމެއްތޯ އަދި ނޭނގޭ ކަމަށް ވިދާޅުވިއެވެ.

އެ މައްސަލަ އެއްވެސް ފަރާތަކުން ކައުންސިލަށް ހުށައަޅާފައި ނުވާކަމަށާއި، މައްސަލަ ފުލުހަށް ހުށައަޅާފައި ވާކަން ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއްވެސް މިހާތަނަށް ނޭނގެއެވެ.

ސިހުރު ހެދުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް އާއްމު ކަމެކެވެ.  

  1. މިރަށަކު ސިހުރެއް ނުހަދާނެ،،،، ކަލެއަށް 7 ދުވަސް، ކަލެއަށް 40 ދުވަސް ކިޔާ ގޮވަމުން ދުވާ ކިޔޮޅަކު މިރަށަކު ނޫޅޭނެ ، ކިޔޮޅުން ދޯ މަސްވެރިކަން ކުރާނީ ….ދިގުރަށު މީހުން ވެސް ހެކިވާނެ.

    2
    2

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!