ބާރަށުގައި އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ

ހއ. ބާރަށުގައި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެއެވެ.

އާއިލާގެ ފަރާތުން ބުނި ގޮތުގައި، ދަރިފުޅު ނިޔާވިއިރު މާބަނޑު މީހާގެ ބަނޑަށް ހަމަސް ފުރިފައިވާ ކަމަށެވެ. އަދި ހުރިހާ ރަށެއް ފުރަބަންދު ކޮށްފައި އޮތުމުން ބާރަށުން ފުރައިގެން ދިއްދުއަށް ނުދެވި، މާބަނޑު މީހާ ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަހަށް ޑޮކްޓަރަށް ނުދެއްކި ދުވަސްތަކެއް ވުމަށްފަހު، ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދެވޭ ގޮތްވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެއާއެކު، ދިއްދޫ ހޮސްޕިޓަލުން ބެލި ޑޮކްޓަރު ބުނީ ދަރިފުޅުގެ ވިންދު ނެތް ކަމަށާއި، ކުޅުދުށްފުށްޓަށް ދިޔުމަށެވެ. އަދި ކުޅުދުށްޓަށް ދިޔުމުން އެތަނުން ބެލި ޑޮކްޓަރުވެސް ބުނީ ދަރިފުޅުގެ ވިންދު ނެތް ކަމަށާއި، ނިޔާވެފައި އޮތް ކަމަށެވެ. އަދި އެޑުމިޓު ކުރަން ޖެހޭ ކަމަށް ބުނެފައިވެސް، ފަހުން އަނެއްކާވެސް ދިއްދޫއަށް ދާން ބުނި ކަމަށް އާއިލާއިން ވާހަކަ ދެއްކީ މީހާ ބުންޏެވެ. އެއާއެކު ދެމަފިރިން ފުރަތަމަ އައީ ބާރަށަށް ކަމަށް ބުންޏެވެ.

އޭގެފަހުން ރަށުގައި ހުއްޓައި މިއަދު އެ މާބަނޑު މީހާގެ ބަނޑުގައި ރިއްސާތީ ބާރަށު ހެލްތު ސެންޓަރަށް ދެއްކި ކަމަށާއި، ހެލްތު ސެންޓަރުން ބަލާފައި ބުނީ ދިއްދުއަށް ދާން ކަމަށެވެ. މިއަދު ދިއްދުއަށް ދިއުމުން އަނެއްކާ ދިއްދުއިން މާބަނޑު މީހާ ވަނީ ކުޅުދުއްފުއްޓަށް ފޮނުވާފައެވެ.

އެ ހުރިހާ ދަތުރެއްވެސް ކުރަން ޖެހެނީ އަމިއްލައަށް ކަމަށާއި، އެއްވެސް ދަތުރަކަށް އާސަންދަ ހަމަޖެހިފައިނުވާ ކަމަށް އެމީހާ ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!