މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިން ކުޑަ ކުދިން

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިން ކުޑަ ކުދިން ހިމެނޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އިއްޔެ އިރުއޮއްސި 18:00 އިން މިއަދު އިރުއޮއްސި 18:00 އާއި ދެމެދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 04 މީހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ދެ އަހަރުގެ ކުޑަކުއްޖަކާއި ފަސް އަހަރުގެ ކުއްޖަކާއި ހަތް އަހަރުގެ ކުއްޖަކު ހިމެނެއެވެ.

މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,962 އަށް އަރާފައެވެ.

މިބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް އަށް މީހަކު ނިޔާވެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!