ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑެތި ޕްރޮޖެކްޓުތަކެއް އިއުލާން ކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑެތި ޕްރޮޖެކްޓްތަކެއް މިމަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) އިން އިމާރާތް ކުރުމުގެ ދާއިރާއާބެހޭ ގޮތުން މިއަދު ބޭއްވި ވެބިނާގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، މި މަސް ނިމުމުގެ ކުރިން ހުޅުމާލޭ ފޭސް ދޭއްގެ ބޮޑެތި ޕްރޮޖެކްޓްތައް އިއުލާން ކުރާނެ ކަމަށާއި އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ސިވިލް މަސައްކަތްތަކާއި، އިމާރާތް ކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ.

ސިވިލް މަސައްކަތްތަކުގެ ތެރޭގައި، ޓޫރިޒަމް ޒޯން ވަކިކުރުމާއި ވަކި ހާބަރެއް ގާއިމުކުރުން ފަދަ ޕްރޮޖެކްޓްތައް ހިމެނޭ ކަމަށް ސުހައިލް ވިދާޅުވިއެވެ. އޭގެ އިތުރުން ސިވިލް މަސައްކަތްތައް އަންނަ ހަފުތާގެ ތެރޭގައި އިއުލާނުކުރެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މި އަހަރު ހުޅުމާލެ އިން އަމިއްލަ ފަރާތް ތަކަށް ބިން ވިއްކާނެ ކަމަށް ވެސް ވިދާޅުވިއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކާފައި ވަނީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ވިއްކީ 101،954.33 އަކަފޫޓުގެ ބިމެވެ. އެފަހަރު ބިން ވިއްކީ އަތިރިމައްޗަށްވާ ގޮތަށާއި އަތިރިމައްޗާ ކައިރިންނެވެ. އެ ފަހަރު 92 ބިމަކަށް 102 ފަރާތަކުން ބިޑް ހުށަހެޅި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!